Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ރައީސަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭނެ

ގައުމުގެ ރައީސަށް ފުރައްސާރަކޮށް ބޭއަދަބީ ގޮތެއްފޮތެއް ނެތް މީހުންނަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅުގެ ރަށަކަށް ވަޑައިގަތުމުން އާންމުންގެ މީހަކު ހަޑިހުތުރު ބަހުން އެއްޗެހި ގޮވައި ފުރައްސާރަކުރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން އެ ވީޑިއޯގެ ސްކްރީންޝޮޓެއްގެ މަންޒަރަކާ އެކު ފޭސްބުކް މުއިއްޒު އަދުނާން މިއަދު ވިދާޅުވީ ފެނިވަޑައިގަތް މަންޒަރަކީ ވަރަށް ނާތަހުޒީބު، ގޮތްނެތް މަންޒަރެއް ކަމަށެވެ.

އޭނަ ވިދާޅުވ އެ ވީޑިއޯ އިން ފެންނަ ފަދަ އަމަކެއް ދިވެހި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާއާ މުޚާޠަބުކޮށް އެ މަނިކުފާނުގެ ކުރިފުޅުމަތީ އެފަދަ ކަމެއް އެއްގޮތަކަ ށްވެސް ހިންގިޔަދީގެން ނުވާނެ ކަމަށެވެ.

"ކޮންމެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވިޔަސް އެމަޤާމު ރަމްޒުކޮށްދެނީ ދިވެހި ދައުލަތް. ދިވެހި ރައްޔިތެއްކަން. މުޅި ގައުމު. މިނިވަންކަމަކީ ގޮތްނެތް ކަމެއް ނޫން،" މުއިއްޒު އަދުނާން ވިދާޅުވި އެވެ. "ޑިމޮކްރަސީ އަކީ ހިތުހުރިހާ ގޮތަކަށް އުޅުއްމެއް ވެސް ނޫން. ރައީސްގެ ނުވަތަ ސަރުކާރުގެ ސިޔާސަތުތަކަށް ނުވަތަ ސަރުކާރުން ކުރާ ކަންތައްތަކަށް ފާޑުކިޔާ ދެބަސް ވެސް ވެވިދާނެ. ނަމަވެސް ވަކި ހަމަތަކަކާ ޙުދޫދެއްގެ ތެރޭގައި. ކޮންމެ ކަމަކަށް ވެސް، ތަނަކާއި ވަގުތަކާއި ގޮތެއް ވާނެ."

އޭނަ ވިދާޅުވީ އެފަދަ ބޭއަދަބީ، ގޮތެއް ފޮތެއްނެތް ޢަމަލުތައް ކުރާ މީހުނާ މެދު ފިޔަވަޅެއް ނޭޅުމަކީ އޭގެ ނުރަނގަޅު އަސަރު މުޅި މުޖުތަމަޢަށްކޮށް އިޖުތިމާޢީ ފޭރާން އިތުރަށް ވީދޭނޭ ކަމެއް ކަމަށެވެ.

"'ދަންނަވާނީ މިފަދަ ކަމެއް ހިންގިޔަދީގެން ނުވާނެ ވާހަކަ." މުއިއްޒު އަދުނާން ވިދާޅުވ އެވެ.