Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ވަގްފް 2 އިމާރާތް ހަދަން ބީލަމަށް

ވަގްފު ދެ ބިނާ އިމާރާތްކޮށް ދޭނެ ބަޔަކު ހޯދަން ބީިލަމަށް ހުޅުވާލައިފި އެވެ.

އެ ބިނާ އަކީ ހުޅުމާލޭގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ދާރުލް ސަލާމާއި މާލޭގައި ބިނާކުރަން ހަމަޖެހިފައިވާ ދާރުލް އަރްޤަމެވެ.
ދާރުލް އަރްޤަމް އިމާރާތް ކުރަން ހަމަޖެހިފައި ވަނީ ހެންވޭރުގެ 64 ނަންބަރު ކޮށީގައެވެ. ދާރުލް ސަލާމް އިމާރާތް ކުރާނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި (ލޮޓް ނަންބަރު: 11646) ގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ދެ މަޝްރޫއު ހިންގައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަޖުގެ 21 އާ ހަމައަށް ހުޅުވާލާފައިވ ކަމަށެވެ. ބީލަމުގައި ބައިވެރިވާން މި މަހުގެ 31 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދާރުލް އަރުޤަމް އާއި ދާރުލް ސަލާމް ވަޤުފް އިމާރާތަކީ މި ސަރުކާރުން އިސްލާމީ ދާއިރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢު ކަމަށެވެ. އެގޮތުން މި ދެ މަޝްރޫޢު ނިމުމާ އެކު ދީނީ ކަންތައްތަކަށް ހޭދަކުރުމަށް ބޮޑު އާމްދަނީއެއް ލިބެން ފަށާނެ ކަމަށް މިނިސްޓްރީން ބުންޏެވެ