ނ. ފޮއްދޫގައި އަލަށް އިމާރާތް ކުރަން ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި އެވެ.
އެތަނުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ފޮއްދު އަށް ކުރެއްވި ޒިޔާރަތުގެ ތެރޭގަ އެވެ.
ފޮއްދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނާއި ޕޮލިސް ކޮމިޝަނަރު ކޮމިޝަނަރު އިސްމާއިލް ނަވީންގެ އިތުރުން އެރަށު ކައުންސިލްގެ ރައީސް މުޙައްމަދު މޫސާއެ ވެ.
ފޮއްދޫ ޕޮލިސް ސްޓޭޝަން އިމާރާތް ކުރަން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.
މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަމުން އަންނަ ޕޮލިސް ސްޓޭޝަންތަކުގެ ތެރެއިން މި ވަގުތު ޖުމްލަ 85 ރަށެއްގެ ޕޮލިސްޓޭޝަންތަކުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށް އެބަދަ އެވެ. އެހެންވެ ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ތެރޭގައި 57 ރަށެއްގައި ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އެއްކޮށް ނިންމުމެވެ.
އަތޮޅުތަކުގައި ޕޮލިސްޓޭޝަންތައް އެޅުމަށް ކުރިއަށް ގެންދާ މަޝްރޫއަށް ޖުމްލަ 681,501,117.51ރ. ހަރަދު ކުރާނެ އެވެ.
މިހާތަނަށް ފުލުހުންގެ މަރުކަޒުތައް ގާއިމުވެފައި ނެތް ރަށްތަކުގައި 2027 ގެ ކުރިިން ޕޮލިސް ސްޓޭޝަންތައް ގާއިމު ކުުރުމަކީ ސަރުކާރުގެ އަމާޒެކެވެ.