Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ބުޅާތަކަށް އަނިޔާކުރާކަމުގެ ޝަކުވާތައް ދަނީ ލިބެމުން

މިހާރަކަށް އައިސް މާލޭގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ގޯނާކޮށް އަނިޔާކުރާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް ދިރޭ ތަކެއްޗާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

އެތަނުން ބުނީ މިއީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ޚިލާފު ޢަމަލަކަށްވާތީ، މިކަން ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ޖަނަވާރުގެ ދުޅަހެޔޮކަމުގެ މަފްހޫމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައިވާ، ޖަނަވާރަށް ލިބިގެންވާ ފަސް މިނިވަންކަމެވެ.

1. ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން.
2. ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން.
3. ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަން.
4. ވޭނާއި، ހާނީއްކައާއި، ބަލިން މިންޖުވުމުގެ މިނިވަންކަން.
5. އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން.

މިނިސްޓްރީން ރާއްޖޭން ބައިވެރިވެފައިވާ، ދުނިޔޭގެ ޖަނަވާރުގެ ޞިއްޙަތާ ބެހޭ ޖަމްޢިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުންގެ ދުޅަހެޔޮކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީފައިވާ ކަމަށެވެ. އެހެންވެ ދަނޑުވެރިކަމަށާއި، މުނިފޫހިފިލުވަމަށާއި، ޢިލްމީ ދިރާސާކުރުމަށާއި، މި ނޫން ވެސް ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގައި ޖަނަވާރުގެ ދުޅަހެޔޮކަން ކަށަވަރު ކުރަން ޖެހެ އެވެ.

ޖަނަވާރަށް ރަޙުމުކޮށް، އޯގާތެރިކަމާއި، އަޅާލުމާއި، އިންސާނިއްޔާތުކަމާއެކީ ޢަމަލުކުރުމަށް އިސްލާމްދީން ވެސް ބާރުއަޅާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން އިސްލާމް ދީނުގައި ވެސް ޖަނަވާރަށް ޙައްޤުތަކެއް ކަށަވަރުކޮށް ދީފައިވާކަން ފާހަގަކޮށްފައިވ ެ އެވެ.

މާލޭސިޓީގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ރައްކާތެރި މާޙައުލެއް ހޯދައި ދިނުމަށްޓަކައި ހުޅުމާލޭގައި އޮޅު ހިޔާހެ ނަމުގައި ފެސިލިޓީއެއް ހަދައި އެތަނަށް ގެންދިއުމުގެ މަސައްކަތް ވެސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.