Last Updated: August 21, 00:05
Wednesday, August 20, 2025
ޚަބަރު

މޭނާ ސްކޫލްގެ އާ އިމާރާތް ހަދަން އެމްޓީސީސީ އަށް

ނ. ހޮޅުދޫ މޭނާ ސްކޫލުގެ އާ އިމާރާތް ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ،

ހަތަރު ބުރީގެ އެ އިމާރާތް އެ ކުންފުންޏާ އިއްޔެ ހަވާލުކޮށް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސައުދީއެވެ.

މޭނާ ސުކޫލުގެ އާ އިމާރާތަކީ 17 ކުލާސްރޫމުގެ އިތުރުން އޮފީހަކާއި ލައިބްރަރީއަކާއި އޭވީ ރޫމަކާއި އިދާރީ މަސައްކަތަށް ބޭނުންވާ ޖާގަ އައި ނަމާދު ކޮޓަރިއާ އެކު ކުޅިވަރު ކުޅުމަށް ބޭނުންވާ ފުޓްސަލް ދަނޑެއް ވެސް ހިމެނޭނެ ތަނެކެވެ. އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެ އިމާރާތް ނިންމައި ބޭނުން ކުރަން ފެށުމުން މޭނާ ސްކޫލުގެ ކިޔެވުން އެއް ކެމްޕަހަކަށް ބަދަލުކޮށް، ހުރިހާ ގުރޭޑުތަކެއް އެއް ސުކޫލެއްގައި ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 480 ދުވަހުން ނިންމާ ގޮތަށް، 33.7 މިލިޔަން ރުފިޔާއަށެވެ.