Last Updated: July 13, 22:22
Monday, July 13, 2026
ޚަބަރު

މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވުމަކީ ލިބޭ ޝަރަފެއް: މޯދީ

ރާއްޖޭގެ މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވެ ވަޑައިގަތުމަކީ ލިބޭ ފަހުރެއް ކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުކުރު ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މޯދީ ރާއްޖެ ވަޑައިގަންނަވަނީ ދެ ދުވަހުގެ ދަތުރުފުޅެއްގައި މި މަހުގެ 25-26 އަށެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒުއާއި، މޯދީ އާއި ދެ ބޭފުޅުން ބައްދަލުކުރައްވައި މަތީފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ޤައުމުގެ މުހިންމު މައްސަލަތަކާއި ސަރަޙައްދީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އިންޑިއާ އާއި ރާއްޖެއާއި ގުޅިގެން ކުރިއަށްގެންދިޔަ ބައެއް މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.