Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ކުނަހަންދޫގައި ދޯންޏެއްގައި ރޯވެ އަނދައިފި

ލ. ކުނަހަންދޫ ބަނދަރުގައި އޮތް މުދާ އުފުލާ ދޯންޏެއްގައި އަނދައިިފި އެވެ.

ރޯވީ 115 ފޫޓުގެ ދޯންޏެކެ. ދޯނީގައި ރޯވުމާ ގުޅިގެން ފުލުހުންނާއި ސިފައިންގެ އިތުރުން އާންމުން ވެސް އަލިފާން ނިއްވާލުމަށްޓަކައި ހަރަކާތްތެރިވެފައިވެ އެވެ. ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު އިރު ދޯނި ވަނީ ވަރަށް ބޮޑަށް އަނދައިފަ އެވެ.

މިއަދު މެންދުރު ފަހު ހިނގި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ދޯނީގައި ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފާއި ފުލުހުން ވެސް ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.