އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ލ. އަތޮޅުގައި ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން ޑީއެންއާރް) އިން މިއަދު ބުނީ ލ. އަތޮޅައި އައިޑީ ކާޑުގެ ހިދުމަތް ދޭނީ ލ. އަތޮޅު ކައުންސިލް އިދާރާ މެދުވެރިކޮށް ކަމަށެވެ.
ޑީއެންއާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުމެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮ ށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެހެންވެ މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ޤާއިމުކުރަން އަންނަނީ މަސައްކަތް ކުރެވެމުންނެވެ.
ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ގާއިމު ކުރަން ނިންމާފައިވާ އިރު، އެންމެ ފުރަތަމަ ހިދުމަތް ފެށ ގައުމަކީ މެލޭޝިއާ އެވެ. މީގެ އިތުރުން ސްރީ ލަންކާ، އިންޑިއާގެ އަދި އިނގިރޭސިވިލާތުގައި ވެސް އައިޑީ ކާޑު ހަދައި ދިނުމުގެ ޚިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.