Last Updated: August 2, 11:35
Saturday, August 2, 2025
ޚަބަރު

ޖަމިއްޔާތަކުގެ ފޯރަމްގައި ބައިވެރިވާން ހުޅުވާލައިފި

މާލެ ސަރަހައްދުގެ މަދަނީ ޖަމްއިއްޔާތަކުގެ ގައުމީ ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގެ ޖަމިއްޔާތަކަށް ހާއްސަކޮށްފައިވާ ފޯރަމް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 28 އާއި 29 ގަ އެވެ.

އެހެންވެ މި ފޯރަމް އިންތިޒާމުކުރާ ޔޫތު މިނިސްޓްރީން ބުނީ ބައިވެރިވާން ޝައުގުވެރިވާ ހަރަކާތްތެރި ޖަމިއްޔާތަކަށް ބައިވެރިވުމުގެ ފުރުސަތު މިމަހު 31 ގެ މެންދުރު ފަހު 2:00 އާ ހަމައަށް އޮންނާމެ ކަމަށެވެ.

ޖަމިއްޔާތަކގެ ގައުމީ ފޯރަމްގެ މަގްސަދުތަކުގެ ތެރޭގައި މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމިއްޔާތަކުގެ ދައުރާ ގު ޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމިއްޔާތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުން ހިމެނެ އެވެ.