އެމެރިކާގެ މަޝްހޫރު ޓެނިސް ތަރި، ވީނަސް ވިލިއަމްސް އެކްޓަރަކާ އެންގޭޖްވެއްޖެ އެވެ.
އުމުރުން މިހާރު 45 އަހަރުގެ ވީނަސް އެންގޭޖްވީ މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން އޭނަ ޑޭޓްކުރަމުން އަންނަ އިޓަލީގެ އެކްޓަރު/ޑައިރެކްޓަރު އެންޑްރިއާ ޕްރެޓީ، 37، އެވެ. ވީނަސް މިކަން އިއުލާންކުރީ އަންގާރަ ދުވަހު ފެށީ 'ޑީސީ އޯޕަން' ގައި އޭނަ ކުޅުނު ފުރަތަމަ މެޗް ކާމިޔާބު ކުރުމަށް ފަހު، ދިން އިންޓަވިއުއެެއްގަ އެވެ.
ވީނަސް ވަނީ އެންގޭޖްވިކަން ކަށަވަރުކޮށް ދިނުމަށް ފަހު، ވަރަށް އަވަހަށް ކައިވެނިކޮށްފާނެކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ.
އޭނަ ކުރިން ޑޭޓްކޮށްފައިވާ މީހުންގެ ތެރޭގައި އެކްޓަރު މޮޑެލްއެއް ކަމަށްވާ އެލިއޯ ޕިސް އާއި ވިޔަފާވެރިއެެއް ކަމަށްވާ ނިކޮލަސް ހެމަންޑް ހިމެނެ އެވެ.
ފަސް ފަހަރަށް ވިމްބަލްޑަން ޓައިޓްލްގެ އިތުރުން ޓެނިހުން އޮލިމްޕިކްސްގައި ސިންގަލް އާއި ޑަބަލްސް އިން ރަން މެޑެލް ވެސް ހާސިލުކޮށްފައިވާ ވީނަސް އަކީ ޓެނިހުން މިހާރު ރިޓަޔާކޮށްފައިވާ ކުރީގެ މަޝްހޫރު ޓެނިސް ތަރި ސެރީމާ ވިލިއަމްސް، 43، ގެ ދައްތަ އެވެ. އޭނަ އާއި ވިޔަފާވެރިޔާ އެލެކްސް އޮހާނިއަން 2017 ގައި ކައިވެނިކޮށް މިހާރު ދެ ކުދިން އެބަތިއްބެވެ.
ސެރީނާ އާއި ވީނަސް އަކީ ޓެނިސްގެ ދުނިޔޭގައި އެންމެ މަޝްހޫރު އަންހެން ތަރިންގެ ތެރޭގައި ހިމެނޭ ދެ މީހުންނެވެ.