Last Updated: June 9, 20:11
Tuesday, June 9, 2026
ދުނިޔެ

މޯދީ އިނގިރޭސިވިލާތަށް ވަޑައިގެންފި

މާދަމާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންފި އެވެ.

މޯދީ އެ ގައުމަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.

މީޑިއާތަކުން ބުނީ މޯދީ އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުގައި މުހިއްމު އެއްބަސްވުންތަކެއްގައި މިއަދު ސޮއި ކުރައްވަން ވެސް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެ ގައުމުގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލަން ސޮއިކުރަން ހަމަޖެހިފައިވާ އެފްޓީއޭ ހިމެނެ އެވެ.

މޯދީ އިނގިރޭސިވިލާތުގެ ދަތުރު މާދަމާގެ ވަހުތެއްގައި ނިންމަވާލައްވައި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ އިރު، މިއީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވަން ލިބިވަޑައިގަތް ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުތެކެވެ.