އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރާލި އަބްދުއްރަހްމާން އާދަމްގެ ޖަނާޒާ މިއަދު ބާއްވަަން ނިންމައިފި އެވެ.
އުމުރުން 65 އަހަރުގައި މިދިޔަ މަހުގެ 13 ގައި މަރާލި އަބްދުއްރަހުމާންގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.
އޭނާގެ ޖަނާޒާ މިއަދު ބާއްވަން ނިންމީ މަރުގެ ހަގީގަތް ހޯދަން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް، ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މި މަހުގެ 21 ގައި އިންޑިއާ އަށް ފޮނުވުމަށް ފަހު، އޮޓޮޕްސީ ހެދުމަށް ރޭ ހަށިގަނޑު ރާއްޖެ ގެނައުމަށް ފަހު އެވެ.
އަބްދުއްރަހުމާން ގޭގައި ނިދާފައި އޮއްވައި މަރާލީ ބޮލުގައި އެއްޗަކުން ޖަހައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިގެންނެވެ. އޭނަ މަރަށް ތެޅެމުން ދަނިކޮށް ފެނުނީ އަންހެނުން ނާޒިމާ އިބްރާހީމަށެވެ.