Last Updated: August 2, 11:45
Saturday, August 2, 2025
މުނިފޫހިފިލުވުން

މައިކަލްގެ ބައޯޕިކް އަންނަ އަހަރަށް ފަސްކޮށްފި

ޕޮޕް ލަވައިގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވި އެމެރިކާގެ ކުރީގެ ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ވާހަކަ ކިޔައިދޭ ބައޮގްރިފަކް ޑްރާމާ "މައިކަލް" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ލަޔަންސްގޭޓްސް އާއި ޔުނިވާސަލް ޕިކްޗާސް ގުޅިގެން ގެނެސްދޭ މި ފިލްމު ސިނަމާތަކަށް ގެންނަން ކުރިން ނިންމާފައި އޮތީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 3 ގަ އެވެ. ނަމަވެސް "މައިކަލް" ބެލުންތެރިންނަށް ދޫކޮށްލަން މިހާތު ނިންމާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 24 ގަ އެވެ.

މި ފިލްމަކީ ޖޯން ލޯގަންގެ ސްކްރީންްލޭއަކަށް އެންޓޮއިން ފުގްއާ ޑައިރެކްޓްކުރާ ފިލްމެކެވެ. "'ދަ ޓްރެއިނިން ޑޭ" އާއި "ކިންގް އާތާ" އަދި "އެމަންސިޕޭޝަން ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ "ދި އީކްއަލައިޒާ 3" އެވެ.

ދެހާސް ނުވައެއްގައި މަރުވެފައިވާ މައިކަލް ޖެކްސަންގެ ހަޔާތުގެ ގިނަ ސޮފުހާތަކެއް ދައްކުވައި ދޭނެ "މައިކަލް" ގެ ޓައިޓްލް ރޯލުން ފެންނާނީ ޖާފަރް ޖެކްސަނެވެ. އުމުރުން 28 އަހަރުގެ ޖާފަރަކީ މައިކަލް ޖެކްސަންގެ ބޭބެ ޖާމެއިން ޖެކްސަންގެ ދަރިއެކެވެ.