Last Updated: July 27, 06:25
Sunday, July 27, 2025
ޚަބަރު

ނަމާދުގެ ޒިކުރުތައް ދަސްކޮށްދޭން އައްޑޫގައި ޕްރޮގްރާމެއް

ނަމާދުގެ ޒިކުރުތައް ދަސްކުރުމުގެ ޕްރޮގްރާމެއް އައްޑޫގައި ގުޅިފައިވާ އަވަށްތަކަށް ހާއްސަކޮށްގެން ބާއްވަން ނިންމައިފި އެވެ.

ފޭދޫގެ ޖަމިއްޔާއެއް ކަމަށްވާ މިޝްކާތު ފައުޑޭޝަނުން "އަހަރެންގެ ނަމާދު، އަހަރެންގެ ގުޅުން" ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ ފޭދު އާއި މަރަދޫފޭދު އާއި މަރަދޫގެ އިތުރުން ހިތަދޫގެ 8-13 އަހަރާ ދެމެދުގެ ދެ ޖިންސްގެ ކުދިންނަށެވެ.

އެގޮތުން ޕްރޮގްރާމުން ފުރުސަތު ދޭން ހަމަޖެހިފައި ވަނީ ޖުމްލަ 3 ކުދިންނަށެވެ. އެއީ 20 ފިރިހެން ކުދިންނަށާއި 10 އަންހެން ކުދިންނަށެވެ.

އެހެންވެ ބައިވެރިވާން މި މަހުގެ 26 ގެ ކުރިން ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 7636649 އިން ހޯދޭނެ އެވެ.

މިޝްކާތު ފައުންޑޭޝަނުން އަންނަނީ ދޭތެރެ ދޭތެރެ އިން އެކި އުމުރުފުރާތަކުގެ ކުދިންނަށް ހާއްސަކޮށްގެން ނަމާދު ވޯކްޝޮޕްތަކެއް ވެސް ބާއްވަމުންނެވެ.