Last Updated: August 2, 11:35
Saturday, August 2, 2025
ޚަބަރު

އެމްޑީޕީގެ މާދަމާގެ ދުވުން ކެންސަލްކޮށްފި

އެމްޑީޕީ އަށް 20 އަހަރުފުރުމާ ގުޅިގެން ”ރަން ރީނދޫ“ ގެ ނަމުގައި ހުޅުމާލޭގައި ބާއްވަން ނިންމި ދުވުމަށް ހުއްދަ ނުދިނުމުން މާދަމާ މާލޭގައި ބާއްވަން ނިންމި ދުވުން އެ ޕާޓީން ކެންސަލްކޮށްފި އެވެ.

އެމްޑީޕީން ބުނީ މާދަމާ ހަވީރު ދުވުން ނުބާއްވަން ނިންމީ އަންނަ މަހުގެ 1 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކްގެ ވަށައިގެން އޮންނަ މަގުގައި ދުވުން ބާއްވަން މިހާރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްދަ ދީފައިވާތީ ކަމަށެވެ.

އެމްޑީޕީން ކުރިން ހުޅުމާލޭގައި ދުވުން ބާއްވަން ނިންމީ މި މަހުގެ 18 ގަ އެވެ. ނަމަވެސް މާދަމާ އަށް ދުވުން ބަދަލު ކުރީ ހުޅުމާލޭގައި ދުވުން ބާއްވަން އެޗްޑީސީން ފުރުސަތު ނުދިނުމުންނެވެ.

އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މި ދުވުމަކީ އެ ޕާޓީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ބާއްވަން ހަމަޖެހިފައިވާ ދުވުމެކެވެ.

ދުވުން އެއްކޮށް ނިންމަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި މަހު އެވެ.