ނ. އަތޮޅަށް ރައީސް މުހައްމަދު މުއިއްޒު ކުރެއްވި ހަތަރު ދުވަހުގެ ދަތުރު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
ރައީސް ވަނީ އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަކަށް ވަޑައިގެން ކައުންސިލްތަކާއު އަންހެނުންގެ ކޮމިޓީތަކާއި ރައްޔިތުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެ މަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތް ރަށަކީ މާފަހަރެވެ. އަދި މިއަދު އެންމެ ފަހުން ވަޑައިގެންނެވީ ޅޮސްއަށެވެ.
މި ދަތުރުގައި ރައީސް ވަނީ ނ. އަތޮޅުގެ އެކި ރަށްތަކުގައި ނިމިފައި ހުރި މަޝްރޫއުތައް އިފުތިހާހުކޮށް ދެއްވުމުގެ އިތުރުން ބައެއް ރަށްރަށުގައި އާ މަޝްރޫއުތަކެއް ފައްޓަވައި ވެސް ދެއްވައިފަ އެވެ.
ރައީސް އެ އަތޮޅަށް ވަޑައިގެންނެވީ ސަރުކާރުގެ އިސް ވަފުދަކާ އެކީގަ އެވެ.