Last Updated: July 27, 06:25
Sunday, July 27, 2025
ޚަބަރު

އައްޑޫ ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރުން މިރޭ

އައްޑޫ ސިޓީ ކައުންސިލުން މިރޭ ރައްޔިތުންނާ ބައްދަލު ކުރަން ތައްޔާރުވާން ފަށައިފި އެވެ.

ބައްދަލުވުން އޮންނާނީ މި ރޭ 8:30 ގައި ކައުންސިލް އިދާރާގެ ހޯލުގައި ކަމަށެވެ.

އެ ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް އޮތީ ފަހިކޮށް ދީފަ އެވެ.

ކައުންސިލުން ބުނީ މިރޭ ބައްދަލުވުމަކީ އަންނަ އަހަރަށް ކައުންސިލްގެ ބަޖެޓްގައި ހިމަނަން ޖެހޭ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދަން ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އެހެން ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން އެދެ އެވެ.

އާންމުކޮށް ކައުންސިލުން، ރައްޔިތުންނާ ބައްދަލު ކުރަން ބާއްވާ ބައްދަލުވުންތަކަށް މާ ބޮޑު ތަރުހީބެއް ނުލިބޭކަން ފާހަގަކުރެވެ އެވެ.