Last Updated: August 2, 11:02
Saturday, August 2, 2025
ޚަބަރު

މިނިވަން ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

މިނިވަން ދުވަހުގެ ހަވީރު މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބުނީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅިގެން 2025 ޖުލައި 25، 26 އަދި 27 ގައި ގިނަ ހަރަކާތްތަކެއް ގްރޭޓާ މާލެ ސަރަހައްދުގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ކަަމަށެވެ. އަދި މި ހަރަކާތްތައް ކުލަގަދަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި އަދި ސެކިއުރިޓީ މަސައްކަތަށް ފަސޭހަކުރުމަށް ވަކި ވަގުތުތަކެއްގައި މާލޭގެ މަގުތަކުގައި އުޅަނދުތައް ދުއްވުން މަނާ ވަގުތެއްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެ ގޮތުން މިނިވަން ދުވަހު މާލޭގައި ވަކި ވަގުތުތަކެއްގައި ހުރިހާ ބާވަތެއްގެ ވެހިކަލް ދުއްވުން ވަނީ މަނާކޮށްފަ އެވެ. އެ ގޮތުން އެ ދުވަހުގެ ހަވީރު 3:00 އިން 6:30 އަށް މާލޭގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

މި މަހުގެ 25 ވަނަ ދުވަހާއި 27 ވަނަ ދުވަހު ވެސް ވަކި ވަގުތުތަކެއްގައި ވަކި ބާވަތެއްގެ ވެހިކަލް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

އެ މިނިސްޓްރީން ވަނީ މި ވަގުތުތަކުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި އެމްބިއުލެންސް ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތަށް ބޭނުންކުރާ އުޅަނދުތައް ފިޔަވައި އެހެނިހެން އުޅަނދު މާލޭގެ މަގުތަކުގައި ދުއްވުން މަނާ ކަމުގައި ބުނެފަ އެވެ.

އެންގުމާއި ހިލާފުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.