Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ކަސްޓަމްސް އަށް އިތުރު 61 މުވައްޒަފަކު ހުވާކޮށްފި

ކަސްޓަމްސްއާ އަލަށް ގުޅުނު އިތުރު މުވައްޒަފުންތަކެއް މިއަދު މަގާމުގެ ހުވާކޮށްފި އެވެ.

މިއަދު ހުވާކުރީ 61 މުވައްޒަފުންނެވެ.

ކަސްޓަމްސް ބިލްޑިންގުގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގައި މުވައްޒަފުންނަށް ހުވާލައި ދެއްވީ ހައި ކޯޓްގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ކަސްޓަމްސްއާ އަލަށް ގުޅުނު 56 މުވައްޒަފަކު ވެސް މި މަހުގެ 15 ވަނަ ދުވަހު ހުވާކޮށްފައިވެ އެވެ.

ކަސްޓަމްސް އަށް 164 ކަސްޓަމްސް އޮފިސަރުން ނަގަން އިއުލާންކުރީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.