Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

މޯދީ ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފި އެވެ.

އޭނަ މިއަދު ހެނދުނު ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން ރަތް ދޫލައިގެ މަރުހަބަ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިންނެވެ. މޯދީގެ މި ދަތުރަކީ މާދަމާ ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމަށް ސަރުކާރުން ދިން ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.

މި ދަތުރުގައި މޯދީ އާއި ސަރުކާރާ ދެމެދު ރަސްމީ މަޝްވަރާތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.

މޯދީގެ މި ދަތުރުގައި ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ލީޑާޝިޕާ ވެސް ބައްދަލު ކުރަން ޖަމަޖެހިފައިވެ އެވެ.