Last Updated: August 2, 11:45
Saturday, August 2, 2025
މުނިފޫހިފިލުވުން

މިއޮތީ 'ވޯ 2' ގެ ޓްރެއިލާ ދޫކޮށްލާފައި

އަންނަ މަހު ސިނަމާތަކަށް ގެންނަން ތައްޔާރުވަމުން އަންނަ ބޮލީވުޑްގެ ފިލްމު "ވޯ 2" ގެ ޓްރެއިލާ މިއަދު އާންމުންނަށް ދޫކޮށްލައިފި އެވެ.

އަންނަ މަހުގެ 14 ގައި ރިލީޒްކުރާ މި ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 2019 ގައި ގެނެސްދިން ރިތިކް ރޯޝަންގެ "ވޯ" ގެ ސީކްއެލް އެވެ. އަދި މި ފިލްމަކީ އެ ސްޓޫޑިއޯގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ފިލްމެކެވެ.

ސިދާތު އާނަންދު ޑައިރެކްޓްކުރި "ވޯ ގެ "ތަރިންނަކީ ރިތިކާއި ޓައިގާ ޝްރޮފްގެ އިތުރުން ވާނީ ކަޕޫރެވެ. ނަމަވެސް އަޔާން މުކަރްޖީ ޑައިރެކްޓްކުރި "ވޯ 2" ގެ ތަރިންނަކީ ރިތިކާއި ކިއާރާ އަދުވާނީގެ އިތުރުން މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާ އެވެ.

މި ފިލްމަކީ "އާރްއާރްއާރް" ފަދަ ފިލްމުތައް ކުޅެފައިވާ އެންޓީއާރްގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ.