Last Updated: August 2, 11:35
Saturday, August 2, 2025
ޚަބަރު

ލަންކާގެ ރައީސް އަންނަ ހަފުތާގައި ރާއްޖެ އަށް

ސްރީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ އަންނަ ހަފުތާގައި ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެެވެ.

އެތަނުން ބުނީ އޭނަގެ އެ ދަތުރަކީ މިއި މަހުގެ 28-30 އަށް ކުރައްވާ ދަތުރެއް ކަމަށެވެ.

ލަންކާގެ ރައީސް ކަމަށް މިދިޔަ އަހަރު އިންތިހާބުވެވަޑައިގެންނެވި ޑިސަނަޔަކެ ރާއްޖެ އަސް ކުރައްވާ ފުރަތަމަ ދަތުރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލު ކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ފަރާތަށް ވެސް ފައިދާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ވެސް ކުރިއަށް ގެންދާނެ އެވެ.

ޑިސަނަކަޔަ އަންނަ ހަފުތާގައި ރާއްޖެ ވަޑައިގަންނަވާނެކަން ރައީސް އޮފީހުން ކަށަވަރުކޮށް ދިން އިރު، އޭނަ މި މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި އޮތް ކަމަށް ލަންކާގެ މީޑިއާތަކުން މިދިޔަ މަހުގެ ތެރޭގައި ހާމަކޮށްފައިވެ އެވެ.