Last Updated: August 2, 11:02
Saturday, August 2, 2025
ޚަބަރު

އެސްޓީއޯގެ 'މިނިވަން އުފާ ސޭލް' ފަށައިފި

މާދަމާ ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅުުވައިގެން އެސްޓީއޯ އިން މިނިވަން އުފާ ސޭލްގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިއްޔެ ފެށި މި ޕްރޮމޯޝަން އަންނަ މަހުގެ 2 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ. މި ޕްރޮމޯޝަނެ ކުރިއަށް ދާނީ، އެ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން، ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައެވެ.

އެގޮތުން ކަސްޓަމަރުންގެ މެދުގައި ކޮންމެ ދުވަހަކު ވެސް ގުރުއަތެއް ނަގައި ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ދޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މިނިވަން އުފާ ސޭލް ޕްރޮމޯޝަންގެ މައިގަނޑު ބޭނުމަކީ އެސްޓީއޯ އާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް މުދާ ފޯރުކޮށް ދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.