Last Updated: July 13, 17:30
Monday, July 13, 2026
ޚަބަރު

މޯދީއަށް ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވައިފި

ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ސަރުކާރުން ރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.

މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ހަރަކާތުގައި އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ރައީސްގެ މަރުހަބާއަށް ފަހު ސްކޫލް ކުދިންގެ ހަރަކާތެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އަދި 21 ބަޑީގެ އިއްޒަތް ވެސް ވަނީ އަރުވާފަ އެވެ.

ބޮޑުވަޒީރު މޯދީގެ އިސްތިގުބާލަށް ރާއްޖޭގެ މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން އެ ސަރަހައްދަށް ވަޑައިގެން ތިއްބެވި އެވެ.

ރަސްމީ މަރުހަބާ ދެންނެވުމަށް ފަހު މޯދީ ވަނީ ހަތް ކޮޅުގައި ރައީސް އޮފީހަށް ވަޑައިގެންފަ އެވެ. އަދި ރައީސް އޮފީހަށް ވަޑައިގެން އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި މޯދީ ވަނީ ސޮއިކުރަައްވައިފަ އެވެ.

މޯދީގެ މި ދަތުރަކީ މާދަމާ ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމަށް ސަރުކާރުން ދިން ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.