ބޮލީވުޑްގެ ތަރި ރަންވީރު ސިންގް އަށް ބޮޑު ބަޖެޓަކުން ހަދަން ނިންމާފައިވާ ޓައިމް ޓްރެވެލް ފިލްމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެެ.
ޕިންކްވިލާ އިން ބުނީ މި ފިލްމަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު ޕްރޮޑިއުސަރުންގެ ތެރޭގައި ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް އަމިތު ޝަރުމާ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ. އޭނަ އަކީ ކާމިޔާބު ފިލްމުތައް ކަމަށްވާ "ބަދާއީ ހޯ" އާއި "މައިދާން" ގެނެސްދިން ޑައިރެކްޓަރެވެ.
ޕިންކްވިލާ އިން ބުނީ އަމިތު ޑައިރެކްޓްކުރާ ފިލްމު ރަންވީރަށް ހުށަހަޅައި، މަޝްވަރާތައް މިހާރު ކުރިއަށްދާ އިރު، މި އަހަރު ނިމުމުގެ ކުރިން މި ފިލްމުގެ ކާސްޓުން ފައިނަލް ކުރާނެ ކަމަށެވެ. އަދި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖެނުއަރީގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ ރަންވީރުގެ "ޑޮން 3" ގެ ޝޫޓިން ނިންމުމަށް ފަހު ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
އެ ފިލްމަކީ ފަރުހާން އަޚްތަރު ޕްރޮޑިއުސްކޮށް، ޑައިރެކްޓްކުރާ ފިލްމެކެވެ.
މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ޑިސެންބަރު 5 ގައި ގެނެސްދޭން ހަމަޖެހިފައިވާ ޑައިރެކްޓަރު އަދިތިޔާ ދާރްގެ އެކްޝަން ތުރިލާ "ދުރަންދާރް"' އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރުގެ ތެރޭގައި ރަންވީރު ޒޮމްބީ ފިލްމެއްގެ މަސައްކަތް ވެސް ކުރާނެ އެވެ. އެއީ ޖޭ މެހެތާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.