Last Updated: August 2, 11:35
Saturday, August 2, 2025
ޚަބަރު

ވެސްޓްޕާކްގައި މަސްބާނާ ޕްލެޓްފޯމެއް ހަދަނީ

މާލޭގެ ވެސްޓްޕާކް ސަރަހައްދުގައި މަސްބާނާ ޕްލެޓްފޯމެއް ހަދަން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން ބުނީ އެ ޕްލެޓްފޯމް ސެލްފް-ފައިނޭންސް އުޞޫލުން ގާއިމުކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 14 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިގައި އޮންނާނެ އެވެ.

ކައުންސިލުން ބުނީ އެ ސެޝަނަށް ހާޒިރު ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުހެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.