އިންޑިއާގެ ފަރާތުން ދިވެހި ސިފައިންނަށް 72 ވެހިކަލް ހަދިޔާކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ވެހިކަލްތަކުގެ ރަމްޒީ ތަޅުދަނޑި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަވާލުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ.
މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން ހަދިޔާކޮށްފައިވަނީ:
27 ސީޓުގެ އަށް ބަސް
10 ޕިކަޕު
10 މިނީވޭން
10 ވޭން
ފަސް ލޮރީ
އަށް ޓްރެކްޓަރު
ކުނި އުކާ ހަތަރު ޕިކަޕު
ދެކޮޅުން ކޮންނަ ހަތަރު ހައިމާކު
ދެ ހައިމާކު
ކުދި ހަ އެކްސްކެވޭޓަރު
ފަސް އެކްސްކެވޭޓަރު
އިންޑިއާއިން މީގެ ކުރިންވެސް ވަނީ ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ބައެއް އުޅަނދުތައް ހަދިޔާކޮށްފައެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު މިއަދު ވަނީ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ. އޭގެތެރޭގައި އިންޑިއާއިން ފޯރުކޮށްދޭ 526 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ އެއްބަސްވުން ފާހަގަކޮށްލެވެ އެވެ.
މިއަހަރަކީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.