Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ހުޅުދޫގައި ސައިކަލްތަކެއްގައި ރޯވެއްޖެ

އައްޑޫ ހުޅުދޫގެ މަގެއްގެ މަތީގައި ހުރި ސައިކަލެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ އެވެ.

މި ހަދިސާއާ ގުޅިގެން ފުލުހުން ބިނީ ސައިކަލްތަކެއްގައި ރޯވެފައިވާ އެނގުީ ރޭ ދަންވަރު ހުޅުދޫގެ މަގުމަތި ޕެޓްރޯލް ކުރަން އުޅުން ފުލުހުންތަކަކަށް ކަމަށެވެ. އެއީ މެންދަމު 3:55 ހާއިރު ކަމަށާާއި ރޯވި ދެ ސައިކަލުގެ ކައިރީގައި ހުރި އިތުރު ސައިކަލަކަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން އެ ސައިކަލްތައް ކައިރީގައި ހުރި އިމާރާތުގެ ބިއްލޫރިތައް ތަޅައިގެންގޮސް އެތަނަށް ވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ސައިކަލްތަކުގައި ރޯވާން ދިމާވި ސަބަބެއް ސާފެއް ނުވެ އެވެ. އަދި މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.