ކަރެކްޝަނަލް ސާވިސްގެ “ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް”ގެ ސެންޓްރަލް ސީސީޓީވީ މޮނީޓަރިން ރޫމް ހުޅުވައިފި އެވެ.
އިއްޔެ ރޭ އެތަން ހުޅުވައިދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙުސާނެވެ.
“ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް” އަކީ މުޅިން އަލަށް ކަރެކްޝަނަލް ސާވިސްގައި އުފެއްދި ކޮމާންޑެކެވެ. އެ ކޮމާންޑްގެ މައިގަނޑު މަސްއޫލިއްޔަތަކީ ޖަލުތަކުގެ ސެކިއުރިޓީ ކަންތައްތައް ސެންޓްރަލައިޒްކޮށް މޮނީޓަކުރުމާއި ސެކިއުރިޓީ ހަރުދަނާ ކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ފާހަގަކޮށް، އެކަންކަން ތަންފީޒުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމެވެ.
ހުޅުމާލޭ ޖަލުގައި އަލަށް ހަދާ ހެޑް އޮފީހުގެ އިމާރާތުގައި ޤާއިމުކުރި ސެންޓްރަލް ސެކިއުރިޓީ ކޮމާންޑްގެ އޮފީހުގައި މި ސާވިސްގެ ހުރިހާ ޖަލެއްގެ ސީސީޓީވީތައް 24 ގަޑިއިރު މޮނީޓ ކުރެވޭ ރޫމްއެއް އެކުލެވިގެންވެ އެވެ. އެގޮތުން ސީސީޓީވީ ވީޑިއޯ ފުޓޭޖް ރައްކާކުރުމަށާއި ވީޑިއޯ އެނަލައިޒްކުރުމަށް ބޭނުން ކުރާނީނީ އެކަމަށް ޚާއްސަ ޓެކްނޮލޮޖީއެކެވެ.
މި ނިޒާމަކީ ގިނަ ކެމެރާތަކެއްގެ ފުޓޭޖް ދިގު މުއްދަތަށް ރައްކާކޮށް، ބޭނުންވާ ފުޓޭޖް ފަސޭހަ އިން ހޯދައިލެވޭ ނިޒާމެކެވެ. އަދި މުސްތަގްބަލްގައި މިސިސްޓަމަށް I އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ކަރެކްޝަސް އިން ބުންޏެވެ.
އަދި މިފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރުމުގެ ސަބަބުން ޖަލުތަކުގެ ސެކިއުރިޓީ ކުރިއަށް ވުރެ ހަރުދަނާވެ، ޖަލަށް މަނާ ތަކެތި ވެއްދުން މަދުވެ، ޖަލުތަކުގައި ހިނގާފާނެ ހާދިސާތައް މަދުވެގެންދާނެ ކަމަށް ކަރެކްޝަން އިން ބުންޏެވެ. އެވެ. އަދި ހާދިސާއެއް ހިނގައިފި ނަމަ، އެކަމަށް އަވަހަށް އެޓެންޑްކުރެވުމާއި އޮފިސަރުން ޒިންމާ އުފުލުމުގައި މިހާރަށް ވުރެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން ފަދަ ކަންތައްތައް ވެސް ރަނގަޅު ވެގެންދާނެ އެވެ.