ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕެއް ކަމަށްވާ ހޭވައްލާ އިން "ކީއްވެ ހޭ؟" ގެ ނަމުގައި ވީޑިއޯ ލަވައެއް ގެނެސްދީފި އެވެ.
އެ ގްރޫޕްގެ ފިރިހެން ވޯކަލިސްޓުންތަކެއްގެގެ އަޑުން ކިޔާފައިވާ ކުރީގެ މަގުބޫލުތަކެއްގެ މެޝަޕެއްގެ ގޮތުގައި ގެނެސްދީފައިވާ މި ލަވަ އަކީ "'ލިލީ" ގެ ނަމުގައި ފީޗާ ފިލްމެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ ކްރިއޭޓިވް ނެޓްވޯކާ ގުޅިގެން ހަދާފައިވާ ލަވެކެވެ.
އެ ފިލްމުގެ ޓައިޓްލް ރޯލުން ފެންނާނެ އައިޝާ އަލީ، ހޭވައްލާގެ މެންބަރުންތަކާ އެކު ފެންނަ "ކީއްވެ ހޭ؟" ލަވަ ޑައިރެކްޓްކޮށްފައި ވަނީ "ލިލީ"' ގެ ޑައިރެކްޓަރު އަޒްހާން އިބްރާހީމެވެ. އޭނަ އަކީ ކުރިން ވެސް ވަރަށް މަގުބޫލު ވީޑިއޯ ލަތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އެގޮތުން އެންމެ ފާހަގަކޮޮށްލެވޭ އަކީ "ހީލީމާ" އެވެ.
އިއްޔެ އާންމުކުރި "ކީއްވެ ހޭ؟" ލަވައިން އިވިގެން ދަނީ ނާއީމ ޝާއިން، ޝާދިން، ޝާމް އަދި ޔާމްބެ އަޑެވެ.