Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

ހާއްސަ މެޑެލް ސަލާމަތީ ބާރުތަކުގެ 6 އޮފިސަރަކަށް

ރައީސްގެ ހާއްސަ މެޑެލް ސިފައިންނާއި ފުލުހުންގެ ހަ އޮފިސަރަކަށް އަރުވައިފި އެވެ.

މިކަން އޮތީ މިއަދު ފާހަގަކުރާ މިނިވަން ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފައިންނާއި ފުލުހުންނާ ބައްދަލު ކުރަން ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

އެގޮތުން ރައީސްގެ ހާއްސަ މެޑަލް ސިފައިންގެ ތިން އޮފިސަރަކާއި ފުލުހުންގެ ތިން އޮފިސަރަކަށް އަރުވާފައިވެ އެވެ.

މެޑަލް ލިބިވަޑައިގަތް ސިފައިންގެ ތިން އޮފިސަރުންނަކީ:

* ވޮރެންޓް އޮފިސަ 2 އަބްދުﷲ ސާސަން
* ސާޖަންޓް މޭޖާ އަޙުމަދު މުޖުތަބާ
* ސާޖަންޓް ފަސްޓް ކްލާސް އަޙުމަދު އަލީ

އަދި ދިގު މުއްދަތުގެ ޚިދުމަތުގެ މެޑަލް ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ އިބްރާހިމާއި ބްރިގޭޑިއާ ޖެނެރަލް ޑރ. ހުސެއިން އިބްރާހިމަށް އަރުވާފައިވެ އެވެ.

މެޑަލް ލިބިވަޑައިގަތް ފުލުހުންގެ ތިން އޮފިސަރުންނަކީ:

* އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް
* އެސިސްޓެންޓް ކޮމިޝަނަރު އާސިމް އަބްދުﷲ
* ޗީފް ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް އާދަމް

މިއަދުގެ ރަސްމިއްޔާތުގައި ސިފައިންނާއި ފުލުހުންގެ މަތިވެރި ޚިދުމަތުގެ މެޑަލް 11 ބޭފުޅަކަށް އަރުވާފައިވެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތަކީ ދިވެހި ސަލާމަތީ ބާރުތަކުގެ އިސް އޮފިސަރުންގެ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، އެ ބޭފުޅުންގެ މަސައްކަތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެކެވެ.