ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ލިއޮނާޑީ ޑި ކެޕްރިއޯގެ އާ ފިލްމު 'ވަން ބެޓްލް އާފްޓާ އެނަދާ' ގެ އާ ޓްރެއިލާއެއް އާންމުކޮށްފި އެވެ.
ސެޕްޓެމްބަރު މަހުގެ 26 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި އެކްޝަން ތުރިލާ އަކީ ޕޯލް ތޯމަސް އެންޑަސަންގެ ޑައިރެކްޝަނެކެވެ. އޭނަ އަކީ 'ބޫގީ ނައިޓްސް' އާއި 'މެގްނޯލިއާ' އަދި 'އިންހެރެންޓް ވައިސް' ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
އެންޑަސަން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2021 ގެ ކޮމެޑީ ޑްރާމާ 'ލިކޯރައިސް ޕިއްޒާ' އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ވަން ބެޓްލް އާފްޓަ އެނަދާ' އަކީ 140 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. މީގެ ކާސްޓްގައި ޝޯން ޕެެން، ބެނީޝިއޯލް ޑެލް ޓޯރޯ، ރެޖީނާ ހާލް، ޓެޔާނާ ޓޭލާ، ޗޭސް އިންފިނިޓީ، އެލާނާ ހެއިމް، ވުޑް ހެރިސް އަދި ޝޭނާ މެކްހޭލް ހިމެނެ އެވެ.
'ޓައިޓޭނިކް' ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ލިއޮނާޑޯގެ 'ވަން ބެޓްލް އާފްޓާ އެނަދާ' ރިލީޒްކުރާ ތާރީހު ގާތްވަމުން އަންނަ އިރު، އޭނަ އެންމެ ފަހުން ފެނިފައި ވަނީ މަޝްހޫރު ޑައިރެކްޓަރު މާޓިން ސްކޮސީޒް 2023 ގެ ކްރައިމް ޑްރާމާ 'ކިލާސް އޮފް ދަ ފްލާވާ މޫން' އިންނެވެ.