ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އާ ރައީސަކަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އިންތިހާބު ކޮށްފި އެވެ.
އެފްއޭއެމްގެ ރައީސް ކަމަށް ތޯރިގު އިންހާބުކޮށްފައި ވަނީ މިއަދު ކުރިއަށްދިޔަ އެފްއޭއެމްގެ އިންތިހާބީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގަ އެވެ. އޭނާއާއި ޓީމު މިފަހަރު އިންތިހާބުވެފައިވަނީ ވާދަކުރައްވާނެ އިތުރު ކެނޑިޑޭޓަކު ނެތި އެވެ.
އެގޮތުން ތޯރިގު މިފަހަރު ފޯމު ހުށަހެޅުއްވީ ހުރިހާ ކްލަބެއްގެ ތާއީދު ސިޓީއާއެކުގަ އެވެ.
ރައީސް: އަހުމަދު ތާރިގު
ސީނިއާ ވީޕީ: އަލީ އިބްރާހިމް (ނިއު ރޭޑިއަންޓް)
ވީޕީ: ހުސައިން ޝާފިއު (މާޒިޔާ)
ވީޕީ: މުޖުތަބާ ޖަލީލް (ނިއު ރޭޑިއަންޓް)
އިމްރާން މުހައްމަދު (އިންމަ)
މުހައްމަދު އުމައިރު
އަހުމަދު އައްބާސް (ޓީސީ)
އަލީ ރިޒްވާން (ބީޖީ)
އަންހެން މެންބަރު: ހައްވާ ނަސްރާ ސައީދު
އަންހެން މެންބަރު: ހައްވާ ރަޝީދާއަބްދުﷲ ނާސިޙް (އޮޑި)
އެފްއޭއެމް މިފަހަރު އިންތިހާބަކާ ހަމައަށް ގޮސްފައި ވަނީ އަސާސީ ގަވާއިދަށް ބަދަލު ގެނެސްގެންނެވެ.
އެފްއޭއެފްގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި އެއްވަނަ ޑިވިޝަނުގެ ކްލަބުތަކުގެ އަދަދު 10 އަށް އަދި ދެ ވަނަ ޑިވިޝަނުގެ ކްލަބުތަކުގެ އަދަދު 13 އަށް އިތުރުކުރަން ވަނީ ނިންމާފަ އެވެ. އަދި ފައިސާގެ ބޮޑެތި މުއާމަލާތްތަކާއި އިންވެސްޓްމަންޓްތަކާއި އެއްބަސްވުންތައް ހިންގާ ކޮމިޓީގެ ހުއްދަ ހޯދައިގެން މެނުވީ ނުކުރެވޭ ގޮތަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.