Last Updated: June 6, 22:05
Saturday, June 6, 2026
ޚަބަރު

އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ވީޑިއޯ ލަވައެއް

އައްޑޫގެ ޓޫރިޒަމްް ޕްރޮމޯޓް ކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހާއްސަ ވީޑިއޯ ލަވައެއް އާންމުކޮށްފި އެވެ.

އައްޑު އަށް މަރުހަބާގެ ނަމުގައި ގެނެސްދީފައިވާ ލަވައިފައި ސަގާފީ ހެދުންތަކެއްގައި ޒުވާން އަންހެނުންތަކެއް ނަށާ ތަނާއި އައްޑޫގެ އެކިއެކި މަންޒަރުތަކާއި އައްޑު އަށް ޒިޔާތަތްކުރި ޓޫރިސްޓުންތަކެއްގެ މަންޒަރުތައް ވެސް ހިމަނާފައިވެ އެވެ.

ލަވައިގެ މިއުޒިކާއި ޅެން ހަދައި ލަވައިގެ ފިރިހެން އަޑުގެ ވެރިޔަކީ އަފަގެ ސްޓޫޑިއޯގެ ހަސަން ސިނާނެވެ. ލަވައިގެ އަންހެން އަޑަކީ ހަތައިޝީ އެވެ.

އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ވީޑިއޯއެއް ލަވައެއް އާންމުކުރި އައްޑޫ އިޝްތިހާރު ކުރަން، ބްރޭންޑެއް ވެސް ލޯންޗެއް އޭގެ ދަށުން ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އައްޑޫގެ ޓޫރިޒަމް ބްރޭންޑަކީ އައްޑޫ، ބިޔޯންޑް އީކްއޭޓާ އެވެ.