Last Updated: July 13, 14:01
Monday, July 13, 2026
ޚަބަރު

ދޯންޏެއްގައި އެއްޗެއް ގޮވައި ދެ މީހަކު ފިހިއްޖެ

އއ. މާޅޮސް ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ދެ މީހަކު ފިހިއްޖެ އެވެ.

ފުލުހުން ބުނީ މިރޭ 20:45 ހާއިރު މާޅޮސް ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ދެ ބިދޭސީއަކު ފިހިފައިވާ ކަމަށެވެ.

އަނިޔާ ލިބުނު ދެ މީހުންނަށް މާޅޮހު ހެލްތު ސެންޓަރުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާދިނުމަށްޓަކައި މާލެއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

މި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.