Last Updated: July 13, 13:43
Monday, July 13, 2026
ޚަބަރު

އުމްރާ އަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.

ތައިބާ ހައްޖު އުމްރާ ގްރޫޕްގެ ހަވާލުގައި އުމްރާ އަށް ގޮސް އުޅެނިކޮށް ރޭ ކުއްލިގޮތަކަށް ނިޔާވީ ތ.ވަންދޫ އިސްމާއީލް އަޙުމަދު ،70، އެވެ.

ތައިބާ ހައްޖު އުމްރާ ގްރޫޕުން ބުނީ އިސްމާއިލް އަހުމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު ފަތިސް ނަމާދަށްފަހު މަސްޖިދުލް ހަރަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޖަނާޒާގައި މައްކާގައި މިވަގުތު ތިބި ދިވެހިން ބައިވެރިވުމަށް އެ ގްރޫޕުން ވަނީ އެދިފަ އެވެ.