Last Updated: May 13, 23:37
Monday, May 13, 2024
ޚަބަރު

މެންޗެސްޓާ ޔުނައިޓެޑް އިން ވެސްޓް ބްރޮމް ބަލިކޮށްފި

މެންޗެސްޓާ ޔުނައިޓެޑް ގެ ޒުވާން ކުޅުންތެރިޔާ ޖެސީ ލިންގާޑް ގެ ޔުނައިޓެޑް ކެރިއާގެ ފުރަތަމަ ގޯލާއި، މަޓާ ގެ ޕެނަލްޓީއާއެކު މެންޗެސްޓާ ޔުނައިޓެޑް ވެސްޓް ބްރޮމް ގެ މައްޗަށް ކުރި ހޯދައިފިއެވެ.

މެޗުގެ ފުރަތަމަ ނިމުނީ ހާފު ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން މާ ގިނަ އިރުތަކެއް ނުވެ ވެސްޓް ބްރޮމް ގެ ޑިފެންޑަރެއް ކްލިއާ ކުރި ބޯޅައެއް ގޯލުގެ ގެ ކަނަށް ވައްދާލައިގެން ޖެސީ ލިންގާޑް ޔުނައިޓެޑަށް ލީޑު ނަގާދިނެވެ. ޔުނައިޓެޑް ލީޑު ފުޅާ ކުރީ މެޗުގެ 90 ވަނަ މިނެޓުގައި ޔުއަން މަޓާ ކާމިޔާބު ކޮށް ދިން ޕެނަލްޓީއަކުންނެވެ.

ވެސްޓް ބްރޮމް އިން މިމެޗަށް ނިކުތީ ޑިފެންސް އަށް ވަރަށް ބޮޑަށް އިސްކަން ދީގެންކަން މެޗުގެ ކުޅުމަށް ބަލާފައި ފާހަގަ ކުރެވުނެވެ. އެހެންކަމުން ޔުނައިޓެޑަށް މާގިނަ ހަމަލާ ތަކެއް ގޯލާ އަމާޒު ކުރެވިފައި ނުވެއެވެ. ކާމިޔާބު ކުރި ދެ ގޯލުގެ އިތުރުން ގޯލާ އަމާޒު ކުރެވުނީ އެންމެ ހަމަލާ އެކެވެ. ވެސްޓް ބްރޮމް އަށް މި މެޗުގައި ގޯލާ އަމާޒު ކޮށް ހަމަލާ އެއް ފޮނުވިފައި ނުވެއެވެ.

0-2 ގެ ނަތީޖާ އަކުން ނިމުނު މި މެޗަކީ މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ޖެހިޖެހިގެން އިދިކޮޅު ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނެ 5 ވަނަ މެޗެވެ. 8 ކްލީން ޝީޓާ އެކު ލީގުގައި އޮތް އެންމެ ވަރުގަދަ ޑިފެން ލައިނަށް މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންސް ލައިން މިހާރު ވަނީ ވެފައެވެ.

މި މޮޅާއެކު ޔުނައިޓެޑް އޮތީ، 24 ޕޮއިންޓާއެކީ ލީގުގެ ހަތަރުވަނައިގައެވެ. ލީގުގެ އެއްވަނައިގައި 25 ޕޮއިންޓާއެކީ އެކީ މެންޗެސްޓަރ ސިޓީ އޮތްއިރު، ލީގުގެ ދެވަނައިގައި އޮތް އާސެނަލް އަދި ތިންވަނައިގައި އޮތް، ލެސްޓަ ސިޓީއަށް ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފައެވެ. މިރޭ ޔުނައިޓެޑް އަތުން ބަލިވި ވެސްޓްބްރޮމް އޮތީ 14 ޕޮއިންޓާއެކީ ލީގުގެ 12 ވަނައިގައެވެ.