Last Updated: August 2, 11:51
Saturday, August 2, 2025
ޚަބަރު

މުއުތަސިމަށް ދައުލަތުގެ މަތީ އިއްޒަތް އަރުވައިފި

ދިވެހި ދައުލަތުގެ އެންމެ މަތީ އިއްޒަތުވެރިކަން މިދިޔަ ހަފުތާގައި އުއްތަމަފަނޑިޔާރުކަމުން ރިޓަޔާކުރެއްވި އަހުމަދު މުއުތަސިމަށް އަރުވައިފިއެވެ.

އޭނަ އަށް އެރުވީ ނިޝާން އިއްޒައްދީންގެ އިއްޒަތުގެ ވެރިކަމެވެ.

މުއުތަސިމަށް އެ އިއްޒަތް އެރުވީ ގާނޫނީ ދާއިރާގައި ކުރެއްވި މަސައްކަތާއި ގާނޫނީ ދާއިރާއަށް މީހުން ނެރުމަށް ކުރެއްވި މަސައްކަޕުޅުގެ އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ. ރިޓަޔާޑްް އުއްތަމަފަނޑިޔާރު މުއުތަސިމަށް ދިވެހި ދައުލަތުގެ އެންމެ މަތީ އިއްޒަތް އެރުވީ މިހާރު ކުރިއަށްދާ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މުއުތަސިމް އުއްތަމަފަނޑިޔާރުކަމުން ރިޓަޔަކުރެއްވީ މި މަހުގެ 21 ގަ އެވެ.

އޭނަ އެ މަގާމަށް އައްޔަންކުރީ 2019 ގެ ޑިސެމްބަރުގަ އެވެ. އޭގެ ކުރިން މުއުރަސިމް ވަނީ 2009 އިން ފެށިގެން ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވައިފަ އެވެ.