ގިނަ އަހަރުތަކެއް ފަހުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ސައިފް އަލީ ޚާނާއި އަކްޝޭ ކުމާރު އެކީގައި ކުޅޭ އާ ފިލްމު 'ހައިވާން' ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ނިންމައިފި އެވެ.
މީޑިއާތަކުން ބުނީ ޕްރިޔަދަރްޝަން ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން ރަސްމީކޮށް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 23 ގައި ކަމަށެވެ، 'ހައިވާން' ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ކޮޗީގައި ކުރިއަށް ގެންދިއުމަށް ފަހު، މީގެ މަންޒަރުތަކެއް އިންޑިއާ އިން ބޭތުގައި ވެސް ނަގަން ހަމަޖެހިފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން 'ހައިވާން' އަކީ ޕްރިދަރްޝަން 2016 ގައި މަޝްހޫރު މަލަޔާޅަމް އެކްޓަރު މޯހަންލާލުއާ އެކު ގެނެސްދިން އެކްޝަން ތުރިލާ 'އޮއްޕަމް' ގެ ރިމޭކެކެވެ. 'ހައިވާން' ގައި ސައިފް ކުޅޭނީ 'އޮއްޕަމް' ގައި މޯހަންލާލް ކުޅުނު ލޯފަން މީހެއްގެ ކެރެކްޓާ އެވެ.
މިއީ ޕްރިޔަދަރްޝަނާ އެކު އޭނަ މަސައްކަތް ކުރާ ފުރަތަމަ ފިލްމު ވެސް މެ އެވެ.
އަކްޝޭ އަކީ މިގެ ކުރިން ވެސް ކުޅަދާނަ ޑައިރެކްޓަރާ އެކު ފިލްމުތަކެއް ކުޅެފައިވާ އެކްޓަރެކެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ އަންނަ އަހަރުގެ އެޕްރިީލްގައި ގެނެސްދޭން ތާވަލުކޮށްފައި އޮތް ހޮރޯ-ކޮމެޑީ 'ބޫތު ބަނގްލާ' އެވެ. އަކްޝޭ ކުޅުނު ޕްރިޔަދަރްޝަންގެ ފިލްމުތަކުގެ ތެރޭގައި 'ގަރަމް މަސާލާ' އާއި 'ބޫލް ބުލައްޔާ' އަދި 'ބާގަމް ބާގް' ހިމެނެ އެވެ.
ސައިފާއި އަކްޝޭ އެންމެ ފަހުން އެކީގައި ކުުނު ފިލްމަކީ 2008 ގެ 'ތަޝަން' އެވެ. ދެ ތަރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި 'ޔޭ ދިއްލަގީ' އަދި 'މޭ ކިލާޅީ ތޫ އަނާޅީ' ހިމެނެ އެވެ.