Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

40 އަހަރުގެ ހިދުމަތުގެ އިނާމު 94 ބޭފުޅަކަށް

ދިވެހި ދައުލަތަށް 40 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ޚިދުމަތް ކުރެއްވި 94 ބޭފުޅަކަށް އިނާމު ދީފި އެވެ.

އެކަން އޮތީ އިއްޔެ ފާހަގަކުރި މިނިވަން ދުވަހާ ގުޅިގެން މިއަދު ބޭއްވި ރަސްމީ ޖަލްސާގަ އެވެ. އެ ޖަލްސާގައި އިނާމު ހަވާލުކޮށް ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުެ.

ދަޢުލަތަށް ދިގުމުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިނާމަކީ ދަޢުލަތުގެ ކޮންމެ މަޤާމެއްގައި ހުންނަވައިގެން ވަޒީފާ އަދާކުރެއްވިކަމުގައިވީ ނަމަވެސް އިނާމް ދިނުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ކޮންމެ ބޭފުޅަކަށްވެސް އެރުވޭ އިނާމެކެވެ. އެ އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުމުގެ މަސައްކަތް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.

ދިވެހި ދަޢުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު މި އަހަރު 191 ބޭފުޅުންނަށް ލިބިވަޑައިގެންނެވި އެވެ. އޭގެ ތެރެއިން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވަނީ 40 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ޚިދުމަތް ކުރެއްވި 94 ބޭފުޅަކަށް އިނާމް ދެއްވައިފަ އެވެ.

މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޤައުމީ އިނާމާ ބެހޭ ކޮމިޓީއަށް ފޮނުއްވެވި 42 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ޚިދުމަތް ކުރެއްވި 74 ބޭފުޅަކު ވެސް ހިމެނެއެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހު، 35-39 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުނަށް އިނާމު ދޭނެ އެވެ. ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ ފަރާތްތަކަށް ދެނީ ޝަރަފުގެ ބެޖަކާއި ޝަރަފުގެ އައްޑަނައަކީ ހަނދާނީ ފިލައެކެވެ.