ދޯންޏެއްގައި އެއްޗެއް ގޮވައި ރޭ އއ. މާޅޮހުގައި ހިނގި ހާދިސާގައި ފިހުނު ދެ ބިދޭސީންނަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އެ ދެ ބިދޭސީންނަށް ފުރަތަމަ ފަރުވާ ދިނީ މާޅޮހުގެ ސިއްހީ މަރުކަޒުގަ އެވެ. އަދި އެ މީހުން އިތުރު ފަރުވާ އަށް މާލެ ގެންގޮސް އައިޖީއެމްއެޗްގެ އައިސީޔޫގައ ފަރުވާ ދެމުނ އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނި ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
މާޅޮހުގެ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ބިދޭސީއަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބުނީ ރޭ 8:45 ހާއިރު ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ނަމަވެސް މި ހާދިސާ ހިނގަން ދިމާވި އަދި ސާފު ނުވާ އިރު، ފުލުހުން އަންނަނީ އެކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.