Last Updated: June 6, 22:05
Saturday, June 6, 2026
ޚަބަރު

މޯލްޑިވިއަންގެ ބޭރު ދަތުރުތައް އާ ޓާމިނަލަށް ބަދަލުކޮށްފި

ގައުމީ އެއާލައިން، މޯލްޑިވިއަނުން ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތައް، ރޭ ހުޅުވި ވީއައިއޭގެ އާ ޓާމިނަލަށް ބަދަލުކޮށްފި އެވެ.

މިއާ އެކު އެ އާލައިން ވާނީ އާ ޓާމިނަލް ބޭނުންކުރާ ފުރަތަމަ އޭއަލައިނަށެވެ.

މޯލްޑިވިއަނުން ބުނީ އެ އެއާލައިންގެ ބޭރުގެ ދަތުރުތައް މިހާރު އާ ޓާމިނަލަށް ބަދަލުކޮށް ފުރަތަމަ ދަތުރު މިއަދު މެންދުރު ފަހު 2:00 ގައި އިންޑިއާގެ ކޮޗިންއިން އޮންނާނެ ކަމަށެެވެ.

މޯލްޑިވިއަނުން މީގެ ފަހުން ކޮޗިންގެ އިތުރުން އިންޑިއާގެ ބެންގަލޫރު އަދި ޗައިނާގެ ދަތުރުތަކަށް ވެސް ބޭނުން ކުރާނީ އާ ޓާމިނަލެވެ.އެންމެ ފުރަތަމަ އެ އެއާލައިނުން އާ ޓާމިނަލުން ކުރާ ދަތުރުތައް ކުރަނީ މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެނައި އޭ330 މަރުކާގެ ބޯޓްގަ އެވެ.

މޯލްޑިވިއަނުން މިހާރު އަންނަނީ އުމްރާ އަށް ދާ މީހުން ސައުދީ އަރަބިއްޔާ އަށް ވެސް އުފުލަން ފަށައިފަ އެވެ.