Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ފުވައްމުލަކު ޖިމް ޒަމާނީކޮށް އަލުން ހުޅުވައިފި

ފުވައްމުލަކުގެ އިޖުތިމާއީ މަރުކަޒުގެ ޖިމް މަރާމާތަށް ފަހު ހުޅުވައިފި އެވެ.

އެތަން މިއަދު ހުޅުއްވައި ދެއްވީ މޭޔަރު އިސްމާއީލް ރަފީގެވެ.

ކައުންސިލުން ބުނީ މަރާމާތަށް ފަހު ޖިމް އަލުން ހުޅުވ އިރު، އެތަނުގައި މިހާރު ކަސްރަތުތަކަށް ބަހައްޓާފައި ވަނީ އެންމެ ޒަމާނީ އާލާތްތައް ކަމަށެވެވެ. އެގޮތުން އަލަށް ބެހެއްޓި ތަކެތީގެ ތެރޭގައި ލެގް ޕްރެސް މެޝިނާއި ސްމިތް މެޝިން ފަދަ ޒަމާނީ އިކުއިޕްމަންޓްތައް ހިމެނެ އެވެ.

މި ޖިމް ދެ ޖިންސްގެ މީހުންނަށް ވެސް ބޭނުން ކުރެވޭނެ އެވެ.

ކައުންސިލުން ބުނީ ޖިމްގެ މަރާމަތަށް ކައުންސިލްގެ ބަޖެޓުން 316،960ރ. ހަރަދު ކުރި ކަމަށެވެ.