Last Updated: August 2, 11:45
Saturday, August 2, 2025
ޚަބަރު

އާ ޓާމިނަލުގައި 5 ވަގުތުގެ ބަންގި އިވޭ ގޮތް ހަދައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލުން ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު ވީއައިއޭގެ އާ ޓާމިނަލް ރޭ ވަނީ ހުޅުވާފަ އެވެ. އާ ޓާމިނަލް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވީއައިއޭގެ އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައި އެގޮތަށް އަމަލުކުރަން މިއަދުގެ އަސްރު ނަމާދުން ފެށިގެން ވާނީ ފަށާފައި ކަމަށެވެ.

އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭން ނިންމާފައި ވަނީ މޯލްޑިވިއަންގެ މަތިންދާބޯޓުތަކަށެވެ. އަދި ހުރިހާ އެއާލައިނެއްގެ އޮޕަރޭޝަންތައް ސެޕްޓެމްބަރުމަހު އާ ޓާމިނަލަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.

އާ ޓާމިނަލަކީ 72.000 އަކަ މީޓަރު ބޮޑު އަދި އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ.