Last Updated: July 29, 21:29
Tuesday, July 29, 2025
ޚަބަރު

ޓާމިނަލް ހުޅުވަން އެރުވި ހަވާ ދުނިޔޭގެ ރެކޯޑު ފޮތަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރިއަށް ގެންދިޔަ ހަވާ އެރުވުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑު ފޮތަށް އަރައިފި އެވެ.

ގިނިސް ވޯލްޑް ރެކޯޑް ބަލަހައްޓަމުން ގެންދާ ފަރާތުން މިއަދު ވަނީ އެމްއޭސީއެލް އިން ރޭ ކުރިއަށް ގެންދިޔަ ހަވާ އެރުވުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑްގައި ހިމަނާ އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.

މި ރެކޯޑް ހެދީ އެންމެ ގިނަ ސަރަޙައްދުގައި އެއްފަހަރާ ސިންކްރޮނައިޒްޑް ހަވާ އަރުވައިގެންނެވެ.

އެމްއޭސީއެލްއަށް ރެކޯޑް ހެދި ކަމުގެ ލިޔުން ހަވާލުކުރީ އެޑްޖީޓިކޭޓަ ފޮ ގިނިސް ވޯލްޑް ރެކޮޑްސް، އެމްބާލީ އިންކޯސީ އެވެ.

ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ މިއުޒިކާއެކު، އެއްފަހަރާ 19 ސަޙައްދެއްގައި ހަވާ އަރުވާފަ އެވެ. އެއީ ހުޅުލޭގެ އިތުރުން ހުޅުމާލެ އަދި މާލެ ވަށައިގެންވާ ސަރަހައްދު ހިމަނައިގެންނެވެ.