ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ޚާއްސަކޮށްގެން އިމާރާތްކުރި ޖަސްޓިސް ބިލްޑިން އެނެކްސް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފި އެވެ.
ހުޅުމާލެ ފޭސް އެކެއް ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި އިމާރާތްކޮށްފައިވާ ޖަސްޓިސް ބިލްޑިން އެނެކްސް އަކީ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ދިިމާވެފައިވާ ޖާގައިގެ ދަތިކަަމަށް ހައްލެއްް ހޯދުމުގެ ގޮތުން މި ސަރުކާރުން ހިންގި މަޝްރޫއެކެވެ.
މިއަދު ހުޅުވި ޖަސްޓިސް ބިލްޑިންގ އެނެކްސްއާ އެކު އެ ދެ ކޯޓަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބި ދެ ކޯޓްގެ ޝަރީޢަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ އެވެ.
މި އިމާރާތުގައި 15 ކޯޓް ރޫމް ހިމެނެ އެވެ. އަދި ގާޒީންނަށް ޚާއްސަ 17 ރޫމް ހިމެނެ އެވެ. މީގެ އިތުރުން ދައުލަތުގެ ވަކީލުންނާއި ދިފާޢީ ވަކީލުންނަށް ޚާއްސަ ރޫމްތަކެއް ވެސް ގާއިމުކޮށްފައިވެ އެވެ.
ވަރަށް ފަހަކާ ޖެހެންދެން ކްރިމިނަލް ކޯޓް ހިންގީ މާލޭގެ ބާޒާރުމަތީ ހުންނަ ކޯޓަށް ޚާއްސަކުރި ހަތަރުބުރީގެ އިމާރާތެއްގަ އެވެ. ނަމަވެސް ވަރަށް ބޮޑަށް ބާވެފައިވާ އިމާރާތަކީ ވިއްސާރައިގައި އެތެރެ އަށް ވާރޭ ވެހުމުގެ އިތުދަށް އިމާރާތް ބާވުމުގެ ސަބަބުން ރެނދުލައި ބޭނުން ކުރުން ރައްކާތެރި ނޫން އިމާރާތެކެވެ. އެތަން ހުސްކުރީ ވެސް އެ ސަބަބުތަކާ ހެދި އެވެ.
އޭގެ ފަހުން ކްރިމިނަލް ކޯޓް ހިންގަމުން އައި ވަރަށް ދަތީގަ އެވެ.