Last Updated: August 2, 11:51
Saturday, August 2, 2025
ދުނިޔެ

ކެމެރޫންގެ އިދިކޮޅު ލީޑަރަށް އިންތިހާބުން ފުރުސަތެއް ނެތް

އޮކްޓޯބަރު މަހު ބާއްވަން ތައްޔާރުވަމުން އަންނަ ކެމެރޫންގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެންމެ ބޮޑު އިދިކޮޅު ލީޑަރު މައުރިސް ކާމްޓޯ ހުށަހަހެޅުމުން އޭނަގެ ކެންޑިޑެސީ ބަލައިނުގަންނަން އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.

އޭނަ އަކީ މިހާރުގެ ރައީސް އަދި 8 ވަނަ ދައުރަކަށް ވާދަ ވެސް ކުރައްވާ ޕޯލް ޕިޔާއާ 2018 ގެ އިންތިހާބުގައި ވާދަކުރައްވައި ދެވަނަ އަށް ދިޔަ ކެންޑިޑޭޓް ވެސް މެ އެވެ. ކާމްޓޯ އަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީ، މެނިޑެމްގެ މެންބަރެކެވެ. އޭނަގެ ކެންޑިޑޭސީ ބަލައިނުގަންނަން ނިންމި ސަބަބެއް ކަމަށް އިލެކެމުން ބުނެފައި ވަނީ މެޑިޑެމްގެ ޕާޓީގެ އެހެން ފެކްޝަނަކުން ވާދަކުރާ ކެންޑިޑޭޓަކަށް ފުރުސަތު ދީފައިވުމެވެ.

މީޑިއާތަކުން ރިޓްކޮށްފައިވާ ގޮތުގައި އޮކްޓޯބަރު މަހުގެ 12 ގައި ބާއްވަން ހަމަޖެހިފައުވާ އިންތިހާބުގައި ވާދަކުރަން ޖުމްލަ 83 ކެންޑިޑޭޓުން ހުށަހެޅި އެވެ. ނަމަވެސް ކެމެރޫންގެ އިލެކެމް އިން ބަލައިގަންނަން ނިންމީ އެންމެ 12 ކެންޑިޑޭޓުންގެ ނަމެވެ. އޭގެ ތެރޭގައި އަންހެން ކެންޑިޑޭޓަކު ވެސް ހިމެނެ އެވެ.

މީޑިއާތަކުން ބުނީ ރިޔާސީ އިންތިހާބުގައި ރައީސް ބިޔާއާ އެންމެ ގާތުން ވާދަކުރައްވާނެ ކަމަށް ބެލެވޭ ދެ ކެންޑިޑޭޓުންނަކީ އިސާ ޗިރޯމާ ބަކްރީ އާއި ބެލޯ ބޯބާ މައިގާރީ ކަމަށެވެ.

ބިޔާ 8 ވަނަ ދައުރަށް ވާދަކުރައްވާ އިރު، އޭނަ އަކީ މި ވަގުތު ދުނިޔޭގައިު ހުންނެވި އެންމެ ދުވަސްވީ ރައީސެވެ. ވެރިކަން ކުރައްވާތާ 43 އަހަރުވެފައިވާ ބިޔާގެ އުމުރަކީ މިހާރު 92 އެވެ.