Last Updated: July 13, 12:02
Monday, July 13, 2026
ޚަބަރު

މަޝްރޫޢުތަކަށް އަބޫދާބީ ފަންޑުގެ އެހީ ހޯދަން މަޝްވަރާކޮށްފި

ރާއްޖެ އާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)އާ ގުޅިގެން ކުރިއަށް ގެންދެވޭނެ މަޝްރޫތައުކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރައްވާފައި ވަނީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޑިރެކްޓާ ޖެނެރަލް، މުހައްމަދު ސާއިފް އަލް ސުވައިދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ވަފުދަށް މަރުހަބާ ވިދާޅުވެ، ރާއްޖޭގެ މިނިވަންދުވަހުގެ އިހުތިފާލުތަކުގައްޔާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވީތީ އެ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފަ އެވެ.

އަދި ރާއްޖެ އާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށް ގެންދެވޭނެ މަޝްރޫއުތަކާއި އެއްބާރުލުން އިތުރުކުރެވޭނެ ދާއިރާތަކާއި މަޝްރޫއުތަކާއި މެދު ދެފަރާތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.