Last Updated: July 13, 12:02
Monday, July 13, 2026
ޚަބަރު

މިނިވަން ދުވަހުގެ ފުޅަނދު ބުރު ބާއްވައިފި

މިނިވަން ދުވަހާ ގުޅުވައި ތައްޔާރުކުރި ފުޅަނދުބުރުގެ މިރޭ މާލޭގެ މަގުތަކުގައި އާންމުންނަށް ދައްކާލައިފި އެވެ.

މާލޭގެ މަގުތަކުގައި މިރޭ ފުޅަނދު ބުރު ބޭއްވި އިރު ކުޑަކުދިންނާއެކު އާންމުންގެ ގިނަ ބަޔަކު ފުޅަނދުތައް ބަލަން މަގުތަކަށް ނުކުމެފައިވެ އެވެ.

މި ފަހަރުގެ ފުޅަނދުތައް ތައްޔާރުކުރީ ސަރުކާރުގެ ކުންފުނި ތަކުންނެވެ.

މިނިވަން ދުވަހާ ގުޅުވައި ތައްޔާރުކުރި ފުޅަނދުތައް މާދަމާ ރޭ 20:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ދައްކާލުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިނިވަން ދުވަހުގެ ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ "ފުޅަނދުބުރު" ގެ ހަރަކާތްތަކަކީ އާންމު ރައްޔިތުންގެ ވަރަށް ބޮޑު ތަރުޙީބަކާއި މަޤްބޫލުކަމެއް އަބަދުވެސް ލިބެމުން އަންނަ ހަރަކާތެކެވެ.