ދައުލަތަކަށް ކޮށް ދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް މި ސަރުކާރުން އިއްޔެ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވި ކުރީގެ މިނިސްޓަރު ހަސަން ސޯބިރު އަވަހާރަވުމަކީ މުޅި ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށް ވިދާޅުވެ އެ ހިތާމައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ސޯބިރުގެ އާއިލާ އަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރުކަމާއި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ސޯބިރު މިއަދު ހެނދުނު އަވަހާރަވީ ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލްގަ އެެވެ.
އޭނަ އަވަހާތަވުމާ ގުޅިގެން ރައީސް ސޯޝަލް މީޑިއާ ސްޓެއްގައި ވިދާޅުވީ ސޯބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު އަޅުގަނޑު އެހީ ވަރަށް ފުން ހިތާމައާއެކުގައި ކަަށެވެ. ރައީސް ވިދާޅުވީ ސޯބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވުމަކީ މުޅި ދިވެހި ޤައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ.
ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް، ވަރަށް ބިނާކުރަނިވި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރެއްވި އެވެ. އަދި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާއިންކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
"އެމަނިކުފާނަކީ، ރާއްޖެއިން އެކި ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަށް، ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވި ޑިޕްލޮމެޓެއް، ރައީސް ވިދާޅުވި އެވެ. މާތްﷲ މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވާށި."'